Last Updated: July 23, 17:52
Thursday, July 23, 2026
ދުނިޔެ

ރަސޫލާ އަށް ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސް އަންހެން މެމްބަރަކު ދާދި ފަހުން ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އިސްލާމީ ދުނިޔޭގެ ނުރުހުން އެ ގައުމަށް ވަރަށް ބޮޑަށް އަމާޒު ވެފައި ވަނިކޮށް މިދިޔަ ހަފުތާގެ ތެރޭގައި އަނެއްކާ ވެސްް ރަސޫލާ އަށް ފުރައްސާރަކުރި ބީޖޭޕީ މެމްބަރެއްގެ މައްސަލަ ހޫނުވެ، އޭނާ ހައްޔަރުކޮށްފި އެވެ.

މި ފަހަރު ހައްޔަރުކުރީ ބީޖޭޕީ މެމްބަރެއްގެ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ މެބަރުކަން ވެސް ދެ ދައުރެއްގެ މަތިން އަދާކޮށްފައިވާ ތާރޫކް ރާޖާ ސިންގް އެވެ. އޭނާ ހައިދަރުއާބާދުން ހައްޔަކުރީ ބުދަ ދުވަހު އެވެެ. ރަސޫލާ އަށް ފުރައްސާރަކޮށް ތާކޫރު ދެއްކި ވާހަޖަތަކާ ގުޅިގެން މުސްލިމުންގެ ލޭކެކި އޭނާ އަށް ފިޔަވަޅު އަޅަން ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ވެސްކޮށްފައިވެ އެވެ.

ތާކޫރް ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އޭނަ އަކީ ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ކަހަލަ ވާހަކަތައް ފޭސްބުކްގައި ފާޅުކުރާތީ މީގެ ދެ އަހަރު ކުރިން ފޭސްބުކުން ވެސް ބޭރުކޮށްލާފައިވާ މީހެކެވެ.

މީޑިއާތަކުން ބުނީ ރަސޫލާ އަށް ތާކޫރް ފުރައްސާރަކުރި މައްސަލާގައި ޓެލަންގާނާ ސްޓޭޓްގައި އޭނައާ ދެކޮޅަޅަށް ގިނަ އަދަދެއްގެ މުސްލިމުން ނިކުމެ މުޒާހަރާކުރަން ފެށުމުން، ޕްރެޝަރުތަކާ ހެދި ފުލުހުން އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރީ އަންގާރަ ދުވަހު ހެނދުނު އެވެ. އެކަމަކު ހަމަ އެ ދުވަހު ކޯޓުން ކަފާލާތުގެ ދަށުން ދޫކޮށްލި އެވެ. އެ މައްސަލަ ހޫނުވުމުން ކޯޓުން ބުނީ ތާކޫރް ދޫކޮށްލަން އަމުރުކުރެވުނީ "ޓެކްނިކަލް އެރާއަކުން" ކަމަށެވެ،.އެހެންވެ އޭނާ ހައްޔަރުކުރީ ބުދަ ދުވަހު އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި ބީޖޭޕީގެ ނުޕޫރް ޝަރުމާ އެކީ އެ ޕާޓީގެ ތަރުޖާނެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. އޭނަގެ މައްސަލަ ހޫނުވުމުން ބީޖޭޕީން ނުޕޫރް މަގާމުން އެކަހެރިކޮށްފައިވެ އެވެ.

ބީޖޭޕީ އަކީ ހަރުކަށި ހިންދޫ ފިކުރުގެ މީހުން ނިސްބަތްވާ އަދި އަަބަދު ވެސް މުސްލިމުންނާ ވަރަށް ދެކޮޅު ބަޔަކު އުޅޭ ޕާޓީއެކެވެ.