Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ޖުޑިޝަރީގެ ތަމްރީނު އިންޑިއާ އިން ދޭތީ ކަންބޮޑުވުމެއް!

ރާއްޖޭގެ ޝަރުއީ ދާއިރާގެ މުވައްޒަފުންތަކެއް އިންޑިއާ އިން ތަމްރީނުކުރާތީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާ އިން ރާއްޖޭގެ ޖުޑިޝަރީ މުވައްޒަފުންތަކެއް ތަމްރީނުކުރާތީ އެކަމުގެ ފެންވަރާ މެދު ސުވާލު އުފައްދަވައިފަ އެވެ.

"މިއީ ކިހާ ވަރެއްގެ ފައިދާއެއްވާނެ ކަމެއް ކަމަށް ނޭނގޭ." މުއިއްޒު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އިންޑިއާ އަކީ ޝަރުއީ ދާއިރާ އިން ބަލާ އިރު މާ ފާހަގަކުރެވޭ ގައުމެއް ވެސް ނޫނެވެ. މުއިއްޒު އެގޮތަށް ވިދާޅުވީ އިރު، އިންޑިއާ އަކީ އެ ގައުމުގެ ޖުޑިޝަރީ އަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔައި މަލާމާތް ވެސް ކުރާ ދާއިރާއެކެވެ.

ޖުޑިޝަރީގެ މުވައްޒަފުން އިންޑިއާ އިން ތަމްރީނުކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނާ (ޖޭއެސްސީ) އާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރީ މި މަހުގެ 23 ގަ އެވެ.

ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން 2020 ގައި ޖޭއެސްސީ އާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދު
ވެސް ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ. ކުރައްވާފަ އެވެ. މި ފަހަރުގެ އެއްބަަސްވުމުގެ ދަށުން ރާއްޖޭހެ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

އާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޯޓްތަކުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން އިންޑިއާ އިން ތަމްރީން ކުރާނެ އެވެ.