Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އިންސްޕެކްޓަ ކޯހުގެ އެއް ވަނަ މުފްލިހަށް

އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖްގައި ހިންގި ފުލުހުންގެ ފުރަތަމަ އިންސްޕެކްޓަ ކޯހުގެ އެއް ވަނަ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް މުފްލިހް އިބްރާހީމް ހޯދައިފި އެވެ.

މި ކޯހަކީ 48 ބައިވެރިންނާ އެކީ ހަތް ހަފުތާގެ މުއްދަތަށް އައްޑޫގައި ހިންގި ކޯހެކެވެ. ކޯހުގެ ނިމުން ފާހަގަކޮށް ބައިވެރިންނަށްނަށް ސެޓްފިކެޓް ދިނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ބުރާސްފަތި ދުވަހުގެ ރެ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

އިންސްޕެކްޓަ ކޯހުގެ ދެވަނަ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ފާރިޝް އަށް ލިބުނު އިރު، ތިން ވަނަ އަކީ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު އަފީފެވެ.

ކޯހުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މުހިންމު ގާނޫނުތަކާއި ފުލުހުންގެ ގާނޫނު އަދި ލީޑަޝިޕް އެންޑް މެނޭޖްމަންޓާއި ޕޮލިސިން އެންޑް އިންވެސްޓިގޭޝަނާއި ސެކިއުރިޓި އެންޑް އެޕަރޭޝަންސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދީފައި ވެއެވެ. ކޯހަށް ބައިވެރިން ހޮވީ އެކަމަށް ހަދަން ޖެހޭ އިމްތިހާނެއް ހެދުމަށް ފަހު އެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން އެދޭ ފަދަ ހިދުމަތަކަށް ހެދުމަށް މިޑުލްމެނޭޖްމަންޓުގައި ހިންގުމުގެ ނިޒާމުގެ އާރުކާޓީންގެ ގޮތުގައި ޒަމާނަށް ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ވިންދު ދެނެގަނެވޭ ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ.

އެހެންވެ އިންސްޕެކްޓަރ ކޯހަކީ ވަރަށް ބޮޑު އެހާ އަހަންމިއްޔަތުކަމެށް ދެވޭ ދާއިރާއެެއް ކަމަށް ވިދާޅުވި އެވެ. އަދި ކޯސް ފުރިހަމަކުރި ބައިވެރިން ދެން ޚިދުމަތަށް ނުކުންނާނީ އިތުރު ހުނަރާއި ގާބިލިއްޔަތުކަން ލިބިގެން ކަމަށް ވެސް ވިދާޅުވި އެވެ.