ގޭސް ލީކްވެ، ހިނގި އަލިފާނުގެ ހާދިސާއެއްގައި މިއަދު ހދ. ނޮޅިވަރަންފަރުގައި ބަޔަކަށް އަނިޔާވެއްޖެ އެވެ،
މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަނިޔާވީ ޒުވާން އަންހެނަކާއި އޭނަގެ ދެ އަހަރުގެ ދަރިއަކަށެވެ. ގޭސް ލިކްވެ ހިނގި ހާދިސާގައިގެ އެ ދެ މައިންގެ ހަށިގަނޑު ބައެެއް ތަންތަން ފިހިގެން އެންމެ ފުރަތަމަ ގެންދިޔައީ ރަށު ސިއްހީ މަރުކަޒަށެވެ. ނަމަވެސް އެ މީހުންނަށް މިހާރު ފަރުވާދެމުން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގަ އެވެ.
މި ހާދިސާ ހިނގީ ގޭސް ލީކްވެފައި ވަނިކޮށް އުނދުން ރޯކުރުމާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ.
މީގެ ހަފުތާއްހާ ދުވަސް ކުރިން ގޭސް ފުޅިއެއް ގޮވައި، ފިހި އަންހެނަކު މަރުވެފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓެއްގައި ވެސް ގޭސް ލީކްގެ ހިނގި ހާދިސާއެއްގައި އަންހެނަކު ފިހިވެފައިވެ އެވެ.