އަައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އަށް 300 ޓީޝާޓް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު މެންދުރު ފަހު 1:30 ގައި އޭއީއެޗްގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސްގަ އެވެ.
ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީނުކުރާ ފަރާތްތަކާއި ބިޑު ހުޅުވަން ހަމަޖައްސާފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބިލަންތައް ބަލައެއް ނުގަންނާނެ އެވެ.
މިކަމާ ބެހޭ އެންމެހާ މައުލޫމާތެއް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.