Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ނަޝީދު އިންޑިއާ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ވަޑައިގެންފި އެވެ.

މަޖިލީހުން ބުނި ގޮތުގައި ނަޝީދުގެ މި ދަތުރަކީ ނުރަސްމީ ދަތުރުފުޅެކެވެ. އެހެންވެ އެކަމާ ބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ނަޝީދު އިންޑިއާ އަށް ވަޑައިގަތެވެ.

ނަޝީދު މިއަދު ހެނދުނު އިންޑިއާ ފުރާވަޑައިގެންވި އިރު ޖުލައި މަހުގެ ފަހިކޮޅު ސީޝެލްސް އަށް ރަސްމީ ދަތުރެއް ކުރެއްވި އެވެ. އޭގެ ފަހުން އަމިއްލަ ދަތުރެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަތީ މި މަހުގެ 18 ގައި މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށުމާ ދިމާކޮށެވެ.