ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރެއްގައި އިއްޔެ އިންޑިއާ އަށް ވަޑައިގެންފައި ވަނިކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ގައުމަށް ވަޑައިގެންފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝާހިދުގެ އިންޑިއާގެ ދަތުރާ ބެހޭ ގޮތުން އޭނަގެ ތަރުޖާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާގައ ޝާހިދު ހުންނަވާނީ ދެ ދުވަހު ކަމަށެވެ. އެއީ މިއަދާއި މާދަމަ އެވެ. އަދި އެ ދަތުރަކީ އަމިއްލަ ދަތުރަކަށްވާތީ އެކަމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެއްވި ނަމަވެސް އިތުރު ތިން ބޭފުޅަކާ އެކީ ކުރައްވާ ދަތުރަކީ އިންޑިއާ ސަރުކާރާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުގެ ހަރަދުގައި ކުރައްވާ ދަތުރުކެވެ.
Arrived in New Delhi!
Warmly received by @MEAIndia Joint Secretaries: Prakash Gupta – UNP & Kartik Pande – IOR
Look forward to productive engagements:
👉call on Vice President H.E. Jagdeep Dhankhar
👉meeting with Foreign Secy @AmbVMKwatra
👉meeting with UNCT led by @ShombiSharp pic.twitter.com/jANx2aWpGJ— Abdulla Shahid (@abdulla_shahid) August 28, 2022
ޝާހިދުގެ ދެ ދުވަހުގެ ދަތުރުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންޚަރާއި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލުކުރައްވައި އދ. ގައި އިންޑިއާގެ ދައުރު މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ވާހަކަ އޭނަ ދަތުތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ޓްވީޓްކުރައްވައި ޝާހިދު ވިދާޅުވި އެވެ.