ރަޝިއާ އިން ޗައިނާ ފަދަ ގައުމުތަކުން މިހާރު އާކްޓިކް ސަރަހައްދަށް ފޯކަސް އަމާޒުކުރާތީ އެމެރިކާ އިން އެ ސަރަހައްދަށް ފުރަތަމަ ފަހަރަށް ސަފީރަކު އައްޔަންކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި އާކްޓިކް ސަރަހައްދުގެ ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަމަށްޓަކައި އެ ސަރަހައްދަށް މިހާރު އެމެރިކާގެ ސަފީރެއްގެ މުހިއްމުކަން ބޮޑުވަމުން އަންނަ ކަމަށެވެ. އެހެންވެ ހަތް ގައުމެއް ނިސްބަތްވާ އާކްޓިކަށް އެމްބެސެޑަ އެޓް ލާޖްގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
އާކްޓިކް ސަރަހައްދަށް ނިސްބަތްވާ ގައުމުގަތަކަކީ ރަޝިއާ ވެސް ހިމެނޭ ގޮތަށް ކެނެޑާ، ޑެންމާކް، ފިންލޭންޑް، އައިސްލޭންޑް، ސްވިޑްން އަދި ނޯވޭ އެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ވެދާންތު ޕަޓޭލް ވިދާޅުވި ގޮތުގައި އާކްޓިކަށް ހާއްސަކޮށްގެން އެމެރިކާ އިން ސަފީރަކު އައްޔަންކުރާނީ އެ ސަރައްދުގައި އުޅޭ އެހެން އާބާދީތަކާއި ސްޓޭކްހޯލްޑަރުންގެ މަސްލަތަށް ވެސް ރިއާޔަތްކޮށެވެ.
This week I’m visiting the Canadian #Arctic together with Prime Minister Trudeau. I will underline the growing strategic importance of the High North for North America, for #NATO, and for Euro-Atlantic security.
Read my op-ed in the @globeandmail: https://t.co/LRw9hCf0yM
— Jens Stoltenberg (@jensstoltenberg) August 24, 2022
އެމެރިކާގެ ފޮރިން މިނިސްޓަރު އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އާކްޓިކްގެ ސަފީރަކު އައްޔަންކުރުމަށްޓަކައި ވަރަށް އަވަހަށް ސެނެޓަށް ނަމެއް ފޮނުވާނެ އެވެ. އޭނަ ވިދާޅުވީ އާކްޓިކަކީ ސްޓްރެޖިކް ގޮތުން ބަލާ އިރު އެމެރިކާ އަށް މުހިއްމު ސަރަހައްދަކަށްވާތީ ދުނިޔޭގެ އުތުރު ތަނޑީގެ މަސްލަހަތު އެމެރިކާ އަށް ވަރަށް ބޮޑު ކަމެއް ކަމަށެވެ.
އާކްޓިކަށް އަލަށް އެމެރިކާ އިން ސަފީރަކު އައްޔަންކުރަން ނިންމި އިރު، ރަޝިއާ އާއި ޗައިނާއާ ހެދި އެ ސަރަހައްދުގެ ރައްކާތެރިކަމާ މެދު ނޭޓޯގެ ވެރިޔާ ޖެންސް ސްޓޯޓެންބާފް މިދިޔަ ހުކުރު ދުވަހު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
ޗައިނާ އިން ދަނީ އާކްޓިކްގައި ރިސާޗްގެ މަސައްކަތްތަކެއް ކުރަމުންނެވެ.