Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މަރުވެފައިވާ މީހަކު ތަހުގީގަށް ހޯދަން އިއުލާނުކޮށްފި

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

މަރުވެފައިވާ މީހަކު، ފުލުހުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހޯދަން އިއުލާނު ކުރުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ފުލުހުން ހޯދަން އިއުލާނުކުރީ ޖުލައި 27، 2020 ގައި ފުލުހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން ހޯދަން އިއުލާނުކޮށްފައިވަނީ އދ. ދަނގެތި، ޝައުކަތުﷲ އަލީއެވެ. އޭނާ ނިޔާވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

ފުލުހުން އެމީހާ ހޯދުމަށް އިއުލާނު ކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ފުލުހުންނަށް ފާޑުކިޔަމުންނެވެ.

ފުލުހުން މިހާރު ވަނީ އެ މީހާ ހޯދުމަށް ކޮށްފައިވާ އިއުލާން ނަގާފައެވެ.

ފުލުހުންގެ ތަހުގީގުތަކަށް ހޯދުމަށް ބޭނުންވާ މީހުންގެ ވަނަވަރު އާންމު ކުރުމަކީ ފުލުހުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.