Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ނިޔާވެފައިވާ މީހަކު ހޯދަން އިއުލާނު ކުރެވުނީ އޮޅުމަކުން

Police

ނިޔާވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވުނީ އިދާރީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހޯދަން އިއުލާނުކުރީ ޖުލައި 27، 2020 ގައި ފުލުހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށެވެ. ފުލުހުންގެ ތަހުގީގަށް ހާޒިރުވާން ހޯދަން އިއުލާނުކޮށްފައިވަނީ އދ. ދަނގެތި، ޝައުކަތުﷲ އަލީއެވެ. އޭނާ ނިޔާވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.

މި ކަމާގުޅިގެން ނިޔާވެފައިވާ މީހާގެ އާއިލާއާއި އާންމުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިފަދަ ކަންކަމުގައި އަމަލުކުރަމުންގެންދާ އުސޫލުތަކަށް ގެންނަޖެހޭ ބަދަލުތައް މުއައްސަސާއިން ގެންނާނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ފުލުހުންގެ ތަހުގީގުތަކަށް ހޯދުމަށް ބޭނުންވާ މީހުންގެ ވަނަވަރު އާންމު ކުރުމަކީ ފުލުހުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.