ތިން ގާނޫނަކަށް އިސްލާހު ހުށަހެޅުމުގެ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ ޓޫރިޒަމާ ބެހޭ ޤާނޫނަށާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށާއި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ތިން ބިލެއް ފޮނުވާފައިވާކަމަށެވެ.
ދުނިޔޭގެ އިގްތިސާދީ ހާލަތަށްބަލާ ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅާނެކަން މީގެކުރިން ސަރުކާރުން ހާމަކޮށްފައިވެއެވެ.
އެގޮތުން މީގެކުރިން ސަރުކާރުން ބުނެފައިވަނީ ޖީއެސްޓީ އަށް ޕަސަންޓަށް އަދި ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރުމަށް ނިންމާފައިވާކަމަށެވެ.
ތިން ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާއިރު މިކަމުގައި އިތުރު ތަފުސީލެއް ބަންޑާރަނައިބުގެ އޮފީހުން ދީފައެއްނުވެއެވެ.