އަންނަ މަހުން ފެށިގެން ސްރީ ލަންކާގައި ސަޕްލައިި ފެނުގެ އަގު ބޮޑުކުރަން ނިންމައިފި އެވެ.
އަންނަ މަހުގެ 1 އިން ފެށިގެން ގޭބިސީތަކާއި ވިޔަފާރިތަކާއި ސިނާއީ މަސައްކަތްކުރާ ހުރިހާ ތަނަކުން ފެނުގެ ޓެރިފަށް ޗާޖްކުރާ މިންވަރު ބޮޑުކުރަން ނިންމާފައިކަން އިއުލާންކުރެއްވީ ވޯޓަ ސަޕްލައި މިނިސްޓަރު ކެހެލިޔާ ރަމްބޫކްވެލާ އެވެ.
އެގޮތުން ޔުނިޓަކަށް އަގު ނަގާނެ ވަރާއި މަހަކަށް އެ ނިސްބަތުން ހިދުމަތަށް މަހަކަށް ޖެހޭނެވަރު މިއަދު ވަނީ ގެޒެޓް ވެސްކޮށްފަ އެވެ.

ގޭބިސީތަކަށް ސަޕްލައި ފެނުން ނަގާނެ އަގު ކަނޑައަޅާފައި ވަނީ 5-75 އާ ދެމެދު ޔުނިޓްތަކުގެ ޓެރިފަކުންނެވެ.
* 05-00 އާ ދެމެދު ޔުނިޓަކަށް 20 ރުޕީސް، މަހު ފީ އަކީ 300 ރުޕީސް
* 06-10 އާ ދެމެދު ޔުނިޓަކަށް 27 ރުޕީސް، މަހު ފީ އަކީ 300 ރުޕީސް
* 11-15 އާ ދެމެދު ޔުނިޓަކަށް 34، ރުޕީސް، މަހު ފީ އަކީ 300 ރުޕީސް
* 16-20 އާ ދެމެދުގެ ޔުނިޓަކަށް 68 ރުޕީސް، މަހު ފީ އަކީ 300 ރުޕީސް
* 21-25 އާ ދެމެދު ޔުނިޓަކަށް 99 ރުޕީސް، މަހު ފީ އަކީ 300 ރުޕީސް
* 26-30 އާ ދެމެދު ޔުނިޓަކަށް 150، މަހު ފީ އަކީ 900 ރުޕީސް
* 31-40 އާ ދެމެދު ޔުނިޓަކަށް 179 ރުޕީސް، މަހު ފީ އަކީ 900 ރުޕީސް
* 41-50 އާ ދެމެދު ޔުނިޓަކަށް 204 ރުޕީސް، މަހު ފީ އަކީ 2،400
* 51-75 އާ ދެމެދު ޔުނިޓަކަށް 221 ރުޕީސް، މަހު ފީ އަކީ 2،400 ރުޕީސް
* 75 އިން މަތީގެ ޔުނިޓަކަށް 238 ރުޕީސް، މަހު ފީ އަކީ 3،500 ރުޕީސް
ލަންކާ ސަރުކާރުން ބުނި ގޮތުގައި ނޭޝަނަލް ވޯޓަ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑް (އެންޑަބްލިއުއެސްޑީބީ) ގެ އިތުރުން ސަޕްލައި ފެނުގެ ހިދުމަތް ހޯދަން އިތުރު އެހެން އެހެން ކަނެކްޝަނެއް ކަސްޓަމަރުން ބޭނުންކުރާ ނަމަ އެ ފެނެއް ބޭނުންކުރާ ނިސްބަތަކަށް ރިއާޔަތްކޮށް، އެތަނަށް އިތުރު އަގެއް ވެސް ދައްކަން ޖެހޭނެ އެވެ.