Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ސުމަތުރާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފި

ބިން ހެލުން އައިސްފައިވާ ސަރަހައްދު-

އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ސުމަތުރާއަށް ބިންހެލުމެއް އައިސްފައިވަނީ 08:29 ހާއިރު ކަމަށެވެ. މި ބިންހެލުމުގެ ބާރުމިނުގައި 6.0 މެގްނިޓިއުޑް ހުރި ކަމަށްވެސް މެޓް އޮފީހުން މައުލުމާތުދެއެވެ.

މި ބިންހެލުން އައިސްފައިވަނީ މާލެއާ 2854 ކިލޯމީޓަރު ދުރަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާ ކަމަށެވެ. އަދި މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.