ތައި ކެއުންތައް މިހާރު ދިވެހިންގެ ތެރޭގައި މަގުބޫލެވެ. އެކަމަކު ވެރިރަށް މާލޭން ބޭރު ރަށެއްގައި ދިވެހިންނަށް މި ރަހަތައް ތަޖުރިބާކޮށްލަން ލިބުން އެހާ އާންމެއް ނޫނެވެ. ނަމަވެސް ވަރަށް އުފާވެރި ޚަބަރެއް އެބައޮތެވެ؛ ހާއްސަކޮށް އައްޑޫ މީހުންނަށެވެ. އަދި އައްޑު އަށް ޒިޔާރަތްކުރަން ލޯބިކުރާ މީހުންނަށެވެ.
ފޭދޫގައި މިހާރު މި ވަނީ ތައި ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވައިފަ އެވެ. މިއީ "ކުރްއަ ތައި" އެވެ. މި ރެސްޓޯރަންޓަކީ ފޭދޫ ލިންކް ރޯޑްގައި، އެމްޓީސީސީ ފެރީ ޓާމިނަލްގެ ކުރިމަތީގައި ހިންގާ "އީކްއެޓޯރިއަލް ޑައިވާސް ލޮޖް" ގެސްޓްގެ ބައެއްގެ ގޮތުގައި ހިންގަމުން އަންނަ ތަނެކެވެ.
ހިތްގައިމު މާހައުލެކެވެ. އިންޑޯ އާއި އައުޓް ޑޯ ވެސް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ރެސްޓޯރަންޓަކެވެ. "ކުރްއަ ތައި" ގައި ތިބޭ އިރު، ހިތްގައުމި ވެސް ވިއުއެއް ވެސް ފެންނާނެ އެވެ. ދެން މިތަނަށް ފުރިހަމަކަން ގެނެސްދެނީ އިންޑޯ އާއި އައުޓްޑޯ އޭރިއާގެ ހިތްފަސޭހަކަމާ އެކީ ތައިލޭންޑްގެ ރަހަމީރު ކެއުންތަކެވެ. ތަޖުރިބާކޮށްލަން ނުދާންވީ އެއްވެސް ސަބަބެއް ނެތެވެ.
"ކުރްއަ ތައި" ގެ ވެރިޔަކީ އިބްރާހީމް ރަޝީދު (ވިމްލާ) އެވެ. ގެސްޓްހައުސްގެ އިތުރުން އެތަނާ ގުވުޅައިގެން ރެސްޓޯރަންޓެއް ހިންގަން އޭނަ ބައެއް ގާތް މީހުންގެ ހިޔާލު ވެސް ހޯއްދެވި އެވެ. ތައި ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓެއްގެ ފެށުމަކީ އެއީ އެވެ.
"ތައި ކެއުންތައް ދިވެހިންގެ ތެރޭގައި ހަމަ ވަރަށް މަގުބޫލު. އެކަމަކު މާލޭގައި ނޫނީ މި ކެއުންތައް ދިވެހިންނަށް އެކްސްޕީރިއަސްކޮށްލަން ލިބުމަކީ އެހާ އާންމު ކަމެއް ނޫން،" ވިމްލާ ވިދާޅުވި އެވެ. "އެހެންވެ ބޭނުންވީ އަހަރެމެންގެ ރެސްޓޯރަންޓް ތައި ކެއުންތަކަށް ހާއްސަކޮށްގެން ހުޅުވަން."

"ކުރްއަ ތައި" އަކީ އައްޑޫގައި ހުޅުވި މިފަދަ ފުރަތަމަ ރެސްޓަރަންޓް ވެސް އެވެ. އެތަނުގެ މެނޫގައި މިހާރު ވެސް ވިއްސަކަށް ޑިޝް ހިމެނެ އެވެ. އޭގެ ތެރޭގައި ތައިގެ އެންމެ ހާއްސަ ކެއުންތަކާއި ބުއިންތަކުގެ ތެރެއިން ދިވެހިންނަށް އެންމެ ކަމުދާ ބާވަތްތައް ވެސް ހިމެނެ އެވެ.
"މިހާރު ވެސް ހަމަ ފުދޭ ވަރެއްގެ ޑިމާންޑެއް އެބައޮތް. އަދި މިހާތަނަށް މި ތަނުގެ ކެއުންތަކުގެ ރަހަ ބެލި އެންމެންގެ ފަރާތުން ވެސް ވަރަށް ޕޮޒިޓިވް ފީޑްބެކްތައް ލިބިފައި ހުރީ،" ވިމްލާ ވިދާޅުވި އެވެ. "ކެއުންތަކުގެ ކޮލިޓީ ރަނގަޅުވެފައި އަގުތައް ވެސް ހަމަ ފުދޭ ވަރަކަށް ރަނގަޅުވާނެ."
"ކުރްއަ ތައި" ގެ ކައްކާއިންނަކީ ތައިލޭންޑްގެ ތަޖުރިބާރު ދެ އަންހެން ޝެފެކެވެ. އެ ދެ މީހުންނާ އެކި އެތަނުގެ ރަހަތައް ހެޔޮވަރުކޮށް، ކަސްޓަމަރުންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދޭން އެކުވެެރި ޓީމެއް އެބައޮތެވެ. އިންޑޯ އާއި އައުޓްޑޯ ޖާގައާ އެކީ ރެސްޓޯރަންޓަކީ 70 ވަރަކަށް މީހުންގެ ޖާގަ އެވެ. އެކަމަކު ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ކުރްއަ ތައި" ތައި ކެއުންތަކަށް ހާއްސަވިޔަސް މިއީ އައްޑޫގެ އެހެން ރެސްޓޯރަންޓްތަކުން ވެސް އާންމުކޮށް ލިބެން ހުންނަ ކެއުންތައް ވެސް ލިބޭނެ ތަނެކެވެ. ޓޭކްއަވޭގެ ހިދުމަތް ވެސް ރެސްޓޯރަންޓުން އަންނަނީ ދެމުންނެވެ.
ކޮފީއެއް ބޯލަން ވެސް ހަމަ "ކުރްއަ ތައި" އިން އުފަލާ އެކީ މަރުހަބާ ކިޔާނެ އެވެ. މި ތަނުގައި އިވެންޓެއް ބާއްވަން ބޭނުން ނަމަ އެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފަ އެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް އެބަ ގެންނަން ލަންކާ ޝެފެއް ވެސް." ވިލްމާ ވިދާޅުވި އެވެ. "އޭރުން އަނެއްކާ ވެސް އިތުރު ފުރިހަމަ ކަމެއް އަންނާނެ."

"ކުރްއަ ތައި" އިން މި ވަގުތު ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަނީ މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށެވެ. އެކަމަކު ލަންކާ އިން ގެންނަ ޝެފާ އެކީ ހެނދުނުގެ ނާސްތާގެ އިތުރުން ރޭގަނޑުގެ ބާބަކިއު ވެސް ފަށާނެ އެވެ.
"އެކަމުގެ ތައްޔާރީތައް ކުރިއަށް އެބަދޭ. މި ވަގުތު އަދި ސްޓާފުންގެ ދަތިކަމާ ހެދި ހެނދުނުގެ ބްރޭކްފާސްޓްގެ ހިދުމަތް ނުފެށި އޮތީ. އެ ޝަކުވާ ވެސް އަަންނާތީ މާ ލަހެއް ނުވެ، ހެނދުނު ރެސްޓޯރަންޓް ހުޅުވަން ފަށާނެ،" ވިމްލާ ވިދާޅުވި އެވެ. "އޭރުން ދެން މިތާ ކުރިމަތީގައި މި އޮތް މި ފެރީ ޓާމިލުން ފުރާ މީހުންނާ އަންނަ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ."
އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ގިނަ އަދަދެއްގެ ބޭރު މީހުން ވެސް އުޅޭތީ ތައި ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓެއް ހުރުން ވަރަށް މުހިއްމެވެ. އަދި "އީކްއޭޓަ ލޮޖް" އަށް އަންނަ މެހުމާނުންނަށް ވެސް ތަފާތު ރަހައެއް ތަނުން ތަޖުރިބާކޮށްލަން ދިނުމަކީ "ކުރްއަ ތައި" ގެ ވަރަށް ބޮޑު ބޭނުމެކެވެ.
View this post on Instagram
"މިތަން އަދި އެހާ ބޮޑަކަށް އަޅުގަނޑުމެންނަށް ޕްރޮމޯޓެއް ވެސް ނުކުރެވޭ. އެހެންވެ މިތަނާ ބެހޭ މައުލޫތު އެހާ ގިނަ ބަޔަކަށް ނުވެސް އެނގޭ،" ވިލްމާ ވިދާޅުވި އެވެ. "އެކަމަކު ދެން އިންސްޓަގްރާމާއި ފޭސްބުކްގައ ކްރުއި ތައި ވަރަށް ބޮޑަށް ޕްރޮމޯޓް ވެސް ކުރެވޭނެ."
މި ރެސްޓޯރަންޓް ހުރި ފޭދު އަކީ ގަމާ އެންމެ ކައިރި އަވަށަށްވާތީ އެކަމުގެ ފަސޭހަކަން ވެސް އޮންނާނެ އެވެ. އެހެންވެ އައްޑު އަށް އަންނަ މީހުން މި ހިތްގައިމު އަރާމު އަދި އެހާމެ ހިތްފަސޭހަ މާހައުލުގައި ކާލަން ވަގުތުކޮޅެއް ހޭދަކޮށްލުން ވާނީ ހަމަ ވަރަށް "ވޯތު" ކަމަކަށެވެ.
"ކަސްޓަމަރުންނަށް ވީހާ ވެސް ރަނގަޅު ސާވިސްއެއް ދިނުން އަބަދު ވެސް ކްރުއަ ތައިގެ ޓީމްގެ ޓާގެޓަކަށް ވާނީ." ވިމްލާ ވިދާޅުވި އެވެ.