Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ޖޭޕީގެ ގައުމީ ކޮންފަރެންސް ޑިސެމްބަރުގައި

ޖޭޕީ ލީޑަރު ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ޑިސެމްބަރު މަހުގައި ބޭއްވުމަށް ނިންމައިފިއެވެ.

ޖޭޕީން ބުނެފައިވަނީ އެޕާޓީގެ ޤައުމީ ޖަލްސާ ނުވަތަ 'ޤައުމީ ކޮންފަރެންސް 2022' ޑިސެމްބަރުގައި ބޭއްވުމަށް ވާންޖޭހޭ މުހިއްމު ތައްޔާރީތައް ޖޭޕީގެ ސެކްރެޓޭރިއޭޓުން ވާން ފަށާފައިވާކަމަށެވެ.

‎ޖޭޕީން ބުނެފައިވަނީ އެޕާޓީގެ 146 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ޤައުމީ ކޮންފަރެންސް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ޕާޓީގެ ރަށު ގޮފިތައް ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުން ކަމަށެވެ. އެގޮތުން އެކަމަށް 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ނަގާފައިވާކަމަށާއި، މިކޮމެޓީގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ޖޭޕީން މައުލޫމާތުދެއެވެ.

"‎ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމަށްޓަކައި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން އެމައުލޫމާތެއް ލިބެންހުންނާނެއެވެ." ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.

ޖޭޕީން ބުނެފައިވަނީ މިކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ ބޭފުޅުންނަށް ވެސް ފުރުސަތު ފަހިވެފައި އޮންނާނެ ކަމަށެވެ.