ސިވިވް ކޯޓުގެ ހުސްވެފައިވާ ގާޟީގެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ މައުލޫމާތު ހިއްސާ ކޮށްފިއެވެ.
ސިވިލް ކޯޓަށް ޤާޒީއަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުއެވެ.
އެ މަގާމަށް ކުރިމަތި ލާފައިވަނީ ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ، ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ.މާލެ، މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ.މާލެ، އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި، ޢަލީ ނަދީމް / ހ.ގްލޯރިއޯސާ 2، ކ.މާލެ، ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ، ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ އަދި އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ.މާބައިދޫއެވެ.
ސިވިލް ކޯޓުގެ ގާޟީއެއްގެ އަސަސީ މުސާރަ އަކީ ކޮންމެ މަހަކު 30000.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 15000.00 ރުފިޔާ، ރިސްކް އެލަވަންސް އަށް 1،650.00 ރުފިޔާ ލިބެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބިގެންދާނެއެވެ.
މީގެއިތުރުންވެސް ސިވިލް ކޯޓަށް އިތުރު 2 ގާޟީން ހޯދުމަށް ޖޭއެސްސީން ވަނީ އޮގަސްޓް 24 ވަނަ ދުވަހު އިއުލާނު ކޮށްފައެވެ. އެ އިއުލާނުގެ މުއްދަތު ހަމަވާނީ 11 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 13:00 އާ ހަމައަށެވެ.