ރައްޔިތުންގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީން ހެދި ހެރަތެރަ ރިސޯޓް 33 މިލިއަން ޑޮލަރަށް ސިންގަޕޫރުގެ ކޭނަރީޒް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލައިފި އެވެ.
ކެނެރީޒަށް އެމްޓީޑީސީ ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އެވެ.
އެމްޓީޑީސީން ވަނީ ހެރަތެރަ ވިއްކާލިކަން ހިއްސާ ދާރުންނަށް އެންގުމަށްޓަކައި މިރޭ އިއްލާނެއް ނެރެފަ އެވެ.
އެ ކުންފުނިން ބުނީ ބޭންކް އޮފް މޯލްޑިވްސް އިން ހެރެތެރެ ތަރައްޤީ ކުރުމަށް ނަގާފައިވާ 25 މިލިއަން ޑޮލަރުގެ ލޯން ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
އެމްޓީޑީސީން ނަގާފައިވާ ލޯނަށް ދައްކަން ޖެހޭ ފައިސާ ގަވައިދުން ނުދައްކާތީ ބެންކުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ.
ހެރެތެރެ ވިއްކާލުމަށް އިއްލާން ކުރުމާއި ގުޅިގެން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ސިންގަޕޫރުގެ ކެނެރީޒް ކުންފުނިންނެވެ. އަދި މީގެ ކުރިން ހެރެތެރެ ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަަމޖެހިފައިވަނިކޮށް އެމްޓީޑީސީން އަމިއްލަ ކުންފުންޏަކާއި ދެމެދު ހިނގާފައިވާ މުއާމަލާތަކާއި ގުޅިގެން ހެރެތެރެ ވިއްކުން މަޑު ޖެއްސުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހެރެތެރެ މިއަދު ވިއްކާލާފައިވާއިރު މި ރިސޯޓަކީ އައްޑޫގެ އެތައް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ރިސޯޓެކެވެ.
ހުޅުދޫ ދާއިރާއަށް އަލަށް އިންތިހާބްވި މުހައްމަދު ޝާހިދު (ޝާޑް) ވަނީ ހެރެތެރެއިން ހުޅުމީދޫގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.