Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އަލަމްގީރަށް މާދަމާ ހުކުމް އިއްވަނީ

ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލަ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް ސާބިތުވެ، އޭނަ އަށް މާދަމާ ހުކުމްކުރަން ނިންމައިފި އެވެ.

އަލަމްގީރްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެށީ އިއްޔެ އެވެ. ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށެވެ. އަލަމްގީރްގެ ޝަރީއަތް ފެށި އިރު، ތަހުގީގަށް ފުލުހުން އޭނާ ހައްޔަރުކޮށް ނެގި ބަޔާން އިއްޔެ ރޭ ލީކްވެފައިވެ އެވެ. އޭގައި އަލަމްގީރް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) އާ އެކީ ތަކުރާރުކޮށް އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފަ އެވެ. އަދި 50 ވަރަކަށް މީހުންނާ ގުޅުން ހިންގައި މަންޒަރު ރެކޯޑްކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

އަލަމްގީރް ގުޅުން ހިންގި މައްސަލަތައް އާންމުކޮށް ފަޅާއެރީ ނާޒިމާ އެކީ ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް ޖޫން މަހުގެ 24 ގައި ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ. އޭގެ ފަހުން އޭނައާ އެކީ ގުޅުން ހިންގި އެކިއެކި މީސްމީހުންގެ ވީޑިއޯތައް ފުލުފުލުން ލީކްވެފައިވެ އެވެ.

ގިނަ ބަޔަކާ އެކީ ގުޅުން ހިންގައި މަންޒަރު ރެކޯޑްކޮށް، އެ އެއްޗެހި ބޭނުންކޮށްގެން ފައިސާ އަށް ޑިމާންޑްކޮށް، ބްލެކްމެއިލްކުރާ ކަމަށް ބުނެ ފުލުހުންނަށް މާޗް މަހުގެ ތެރޭގައި ލިބުނު ރިޕޯޓަކަށް ފަހު، އަލަމްގީރް ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ.

އޭނަގެ މައްޗަށް މި މައްސަލާގައި ކުރި ދައުވާ އަށް ޝަރީއަތުގައި ވެސް އިއުތިރާފުވެފައިވާތީ މައްސަލަ ބައްލެއްވި ގާޒީ އަލީ އާދަމް ނިންމެވީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އަލަމްގީރު ކުށަށް އިއުތިރާފްވެފައިވާތީ މި މައްސަލާގައި ދެން ކުރިއަށް ގެންގޮސްފައި ވަނީ އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމުގެ ބައެވެ. އަލަމްގީރުގެ ފަރާތުން އެދުނީ ވީހާވެސް ކުޑަ އަދަބެއް ދިނުމަށެވެ.

އަދަބާ ގުޅޭ ގޮތުން އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކި ނަމަވެސް, ދައުލަތުން އެދުނީ ކިހާވަރެއްގެ އަދަބެއް ދޭން ކަން އަދި ސާފެއް ނުވެ އެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގި މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ތިން މީހަކަށެވެ. އެއީ ނާޒިމާއި ނަޝީދުގެ އިތުރުން ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއު އެވެ.

ކާނަލް ނަޝީދުގެ ޝަރީއަތް މިއަދު ފަށަން ހަމަޖެހިފައިވެ އެވެ.