މި އަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން ދޭ މި ޝަރަފުވެރި އެވޯޑަކީ ރާއްޖޭގެ ހައި ރައިޒުން އިންތިޒާމުކޮށްގެން ބާއްވާ އެވޯޑް ހަފުލާއެކެވެ. މީހެ ހަ ވަނަ އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 29 އާއި 30 ގައި އަދާރަން ހުދުރަންފުށި ރިސޯޓްގަ އެވެ.
ސާޓާ އެވޯޑްސް އަށް ވާދަކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝާ، ބޫޓާން އަދި ނޭޕާލް ހިމެނެ އެވެ. ސާޓާ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިޒަމް ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާ އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. އަދި މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ގައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން ވެސް އެންޑޯޒްކުރާ އެވޯޑެކެވެ.
ހައި ރައިޒުން ބުނި ގޮތުގައި މި އަހަރު 52 ކެޓަގަރީއަކުން އެވޯޑް ދޭނެ އެވެ.މި އެވޯޑުތަކަށް 1،000 އަށް ވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ ކަމަށް ހައިރައިޒުން ބުންޏެވެ.
އެވޯޑަށް ހޮވޭނީ ތަޖުރިބާކާރު ޕެނަލަކުން ކުރިއަށް ގެންދާ އިވެލުއޭޝަނަށާއި ނޮމިނޭޝަންތަކަށް ލިބޭ ވޯޓަށް ބަލައިގެންނެވެ.