Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 08:00 އިން މެންދުރު 02:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައިވެއެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާއިރު، އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެމުން އާދެއެވެ.