ސޮވިޓް ޔުނިއަންގެ އެންމެ ފަހުގެ ލީޑަރު މިކާއިލް ގަރްބަޗޯ ރޭ އަވަހަރާވެއްޖެ އެވެެ.
ކުރިން ދުނިޔޭ އެންމެ ބޮޑު ބާރުގެ ގިތުގައި އޮތް ޔޫއެސްއެސްއާރްގެ ޒަމާނުގައި ގަރްބަޗޯވް އަކީ ސިޔާސީ ގޮތުން ވަަރަށް ނުފޫޒު ގަދަ ޝަހުސިއްޔަތެކެވެ. އޭނަ އަވަހާރަވީ އުމުރުން 91 އެވެ. މީޑިއތަކުން ބުނި ގޮތުގައި ގަރްބަވޯވް އަވަހާރަވީ ދުވަސްވީ ބައްޔަކަށް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަތާ ވެސް ގިނަ ދުވަސްތަކެއް ފަހުންނެވެ.
އޭނަ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ ބައެއް ލީޑަރުން ހިތާމަފާޅުކޮށް، ހަނދާން ވެސް އާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒާއި ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން ހިމެނިވަޑައިގަންނަވަ އެވެ.
Mikhail Gorbachev was a one-of-a kind statesman who changed the course of history.
The world has lost a towering global leader, committed multilateralist, and tireless advocate for peace.
I’m deeply saddened by his passing. pic.twitter.com/giu2RHSjrQ
— António Guterres (@antonioguterres) August 30, 2022
ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ވެސް ވަރަށް އިސް ރޯލެއް އަދާކުރެއްވި ގަރްބަޗޯވް އަކީ ސޮވިޓްގެ ޔުނިއަންގެ ރައިސްކަން މާޗް 15، 1990 އިން ޑިސެމްބަރު 25، 1991 އަށް ކުރެއްވި ބޭފުޅެކެވެ. އޭނަ އަދާކުރެއްވި އިތުރު މަގާމުތަކުގެ ތެރޭގައި ސޮވިޓް ޔުނިއަންގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީކަމާއި ސުޕްރީމް އޮފް ދަ ސޮވިޓް ޔުނިއަންގެ ޗެއާމަންގެ މަގާމު ހިމެނެ އެވެ.
ސޮވިޓް ޔުނިއަންގެ ޒަމާނުގައި ގޮރްބަޗޯވް އަކީ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅަކަށް ވިޔަސް، އެ ދައުލަތް ހަމަބިމަށް ތިރިވި ހިސާބުން އޭނަގެ ސިޔާސީ ބާރު ވެސް ވަރަށް ބޮޑަށް ކުޑަވެގެން އެވެ. މިހާރުގެ ރަޝިއާގެ އަކީ ސޮވިޓް ޔުނިއަން އުވުމަށް ފަހު އުފެދިގެން ގައުމެކެވެ.