Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ބޯޓެއް ގާފަރު ފަރަށް އަރައިފި

މާލެއިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ބޯޓެއް ގާފަރު ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންއައި "ލަންދޫ ބޯޓު" ދިޔަވެ ކ.ގާފަރު ފަރަށް އަރާފައިވާ ކަމަށެވެ.

ފަރަށް އެރި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައްވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ކޯސްޓްގާޑުން މިހާރު އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށާއި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 10:55 ހާއިރު ކަމަށްވެސް އެމްއެންޑިއެފްއިން ބުނެފައިވެއެވެ. އަދި ބޯޓުގައި ތިބި ގިނަ މީހުން ގާފަރަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.