Last Updated: July 28, 10:37
Tuesday, July 28, 2026
ޚަބަރު

އިތުރު ހަ ގައުމެއްގެ ސަފީރަކަށް ޝާން އަށް ރުހުން ދީފި

ފޮޓޯ: ރައީސް އޮފީސް

ޖަރުމަނަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު ޝާން ޝާކިރު އިތުރު ހަ ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރުހުން ދީފިއެވެ.

ހަ ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް ޝާން އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

ޝާން އައްޔަނު ކުރުމަށް ނިންމާފައިވަނީ ރަޝިއާ، ފިންލެންޑް، ސްވިޑަން، ނޯވޭ، ޑެންމާކް އަދި ޔުކްރޭނަށް ކަނޑައަޅާ ނޮންރެޒިޑެންޓް ސަފީރުގެ ގޮތުގައެވެ.

ޖަރުމަނަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝާން އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ޖުލައި 20 ވަނަ ދުވަހުއެވެ.