Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ފިނޭންސްގެ ނައިބަކަށް އިމްރާން

މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބް ކަމުގެ މަގާމަށް ސ. ހިތަދޫ ފެހިވާލެ، އިމްރާން ސޯލިހް ރައީސުލް ޖުމްހުރިއްޔާ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހަމަޖައްސަވައިފިއެވެ.

އިމްރާނަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ފައިނޭންސްގެ ރޮނގުން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗްލާސް ޑިގްރީ ފުރިހަމަކުރެއްވީ، އެކައުންޓިންގެ ރޮނގުން މެލޭޝިޔާގެ މަލްޓިމީޑިޔާ ޔުނިވާސިޓީގައެވެ.

އިމްރާން މާސްޓާސް އަށް ކިޔަވާ ވިދާޅުވާން ވަޑައިގަތުމުގެ ކުރިން ވަނީ އޮޑިޓާރ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާފައެވެ.