ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ހުޅުވާޅައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަޤާމަކީ ފެމިލީ ކޯޓަށް އައްޔަންކުރެވިފައިވާ، އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.
އިސް ގާޟީގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ އެ ކޯޓޫގެ ގާޟީން 2022 ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އެކަން ޖޭއެސްސީގެ ރަސްމީ އީމެއިލްއަށް – ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.
އިސް ގާޟީއެއްގެ އަސާސީ މުސާރައަކީ މަހަކު 31،000 ރުފިޔާއެވެ. އަދި ލިވިލް އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 1375 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސްއާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބެއެވެ.