Last Updated: July 23, 16:49
Thursday, July 23, 2026
ދުނިޔެ

މަހާތީރް އެޑްމިޓްކޮށް ފަރުވާ ދެނީ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ކޮވިޑް-19 އަށް ޕޮޒޮޓިވްވުމާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

އޭނަގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުފުޅުން މިހާރު 97 އަހަރުގެ މަހާތީރް ކޮވިޑް ޕޮޒިޓިވްވީ އިއްޔެ ކަމަށާއި އޭނަ އަށް ފަރުވާ ދެމުން އަންނަނީ ނެޝަނަލް ހާޓް އިންސްޓިއުޓްގަ އެވެ. ބަޔާނުގައި ބުނެފައި ވަނީ މަހާތީރުގެ ސިއްހީ ހާލުކޮޅާ މެދު މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި އެޑްމިޓްކޮށްފައި އޮންނެވީ ޑޮކްޓަރުންގެ ލަފާގެ މަތިން "ދުވަސްކޮޅަކަށް އޮބްޒަވޭޝަނަށް" ކަމަށެވެ.

މެލެޝިއާގެ ތަރައްގީގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މާހާތީރަކީ ހިތުގެ މައްސަލަތައް ހުންނަވާ ބޭފުޅެކެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ހިތުގެ ފަރުވާތަކެއް ހޯއްދެވި އެވެ.

މަހާތީރަކީ ދެ ދައުރަކަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި އެ ގައުމުގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހިތުރާހު ހޯއްދަވާފައިވާ ނުފޫޒު ގަދަ ޝަހުސިއްޔަތެކެވެ.