Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ދަރިވަރާ ބެހުނު ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް

މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގައި ދަރިވަރަކާ ބެހުނު ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުކޮށް، އޭނަ އަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭ ދެވަނަ ފޭހުގެ ހިޔާ ފްލެޓެއްގައި އުޅެމުން އައި ޓީޗަރު ދަރިވަރަކާ ބެހުނު މައްސަލަ ފަޅާއަރައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އޭނަ ފްލެޓުން މަގުމައްޗަށް ނެރެ، ބަޔަކު ޓީޗަރަށް އަނިޔާ ވެސް ކޮށްފައިވެ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

ހުޅުމާލޭ ގާޒީ ސްކޫލްގެ ޓީޗަރު ދަރިވަރާ ބެހުނު މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، އޭނަ އަށް އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރުކުރީ އިއްޔެ އެވެ. ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކުރީ 35 އަހަރުގެ މީހެއް ކަމަށެވެ.

ޓީޗަރުގެ ބަންދާ މެދު ދެވަނަ ފަހަރަށް ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން އަމުރުކުރި އިރު، ދަރިވަރާ ބެހުނު މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން އޭނަ ސަސްޕެންޑްކުރީ މިދިޔަ މަހުގެ 17 ގަ އެވެ.

ޓީޗަރު ދަރިވަރާ ބެހުނީ އަމިއްލަ އަށް އެދިގެން ޓިއުޝަން ދޭނެ ކަމަޑް ބުނެ ގެންގޮސް ކަމަށް އާއިލާގެ މީހުން ބުނެފައިވެ އެވެ.