Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ފުލުހުންނަށް އިތުރު އެއްބާރުލުން ދޭން އެދިވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އިތުރު އެއްބާރުލުން ދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

މިއަދު ފާހަގަކުރާ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި، މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމިއޮންނާނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް އާއި އެއްގޮތަށް ވީހާވެސް ރަނގަޅަށް އަދި ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ކަމަށެވެ.

އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދިވެހި ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކޮށް ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ ޤައުމު ތަރައްޤީކުރުުމުގައި ހަމަނުޖެހުން ޤާއިމްކޮށް ތަރައްޤީ ގެނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. އަދި އަމަން އަމާންކަން ޤާއިމްކޮށް ދެެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގައި، ދިވެހިރައްޔިތުންގެ ފަރާތުން އިތުރު އެއްބާރުލުން ދެއްވުމަށްވެސް ނައިބު ރައީސް އިލްތިމާސްކުރައްވާފައިވެއެވެ.