Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ވައި ގަދަވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް

ފޮޓޯ: އައްޑޫލައިވް

ވައި ގަދަވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލާޓްނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 02:45 އިން ފެށިގެން ރޭގަނޑު 08:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މިދުވަސްވަރު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ އެކި ހިސާބުތަކަށް އަންނަނީ މޫސުމާ ބެހޭ އެލާޓްތައް ނެރެމުންނެވެ.