Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ވެމްކޯގެ އެމްޑީއަކަށް ސިރާޖު

ޔޫސުފް ސިރާޖު-

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އައްޔަނު ކޮށްފިއެވެ.

ވެމްކޯގެ އެމްޑީގެ މަގާމުގައި މީގެކުރިން ހުންނެވީ އާދަމް މުހައްމަދުއެވެ. އާދަމް މުހައްމަދު މިހާރު ހުންނެވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނެފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުގައި ހުންނެވި ޔޫސުފް ސިރާޖް، ހަޒާރުމާގެ / ހއ.ދިއްދޫ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް މިއަދު ޢައްޔަން ކޮށްފައިވާ ކަމަށެވެ.

އެމްޑީގެ މަގާމަށް އައްޔަނު ކުރި ސިރާޖަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.