Last Updated: July 13, 14:01
Monday, July 13, 2026
ޚަބަރު

އައްޑޫ ހޮސްޕިޓަލުން ހާއްސަ ކެމްޕޭނެއް ފަށައިފި

"ބޭސް ކޮތަޅާ ހާލި ފަލުވަމާ" ގެ ނަމުގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާއްސަ ކެމްޕޭން ފަށައިފި އެވެ.

މި ކެމްޕޭނުގައި ބައިވެރިވާން އާންމުންނަށް ހުޅުވާލައި ރަޖިސްޓްރީކުރަން މިހާރު ވަނީ ފަށައިފަ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 7 އާ ހަމައަށެވެ. އޮންލައިންކޮށް ރަޖިސްޓްރީވާން ހުޅުވާލައި، އެ މީހަކު ބޭނުންވާ އައްޑޫގެ ސިއްހީ ފެސިލިޓީއަކަށް ރެޖިސްޓްރީކުރެވޭނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އޭއީއެޗާއި މަރަދު އާއި ފޭދު އާއި ހުޅުމީދޫ ސިއްހީ މަރުކަޒުގެ އިތުރުން މަރަދޫފޭދޫގައި ހުންނަ ސަދަން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ނުވަތަ ކުރީގެ ދަމަނަވެއްޓެވެ.

"ބޭސް ކޮތަޅާ ހާލި ފަލުވަމާ" ކެމްޕޭނަކީ ޑޮކްޓަރުން ލިޔެދޭ ބޭހަށް އާންމުން ހޭލުންތެރިކަން އުފައްދަން އޭއީއެޗުން ފެށި ކެމްޕޭނެކެވެ.