Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ސައިކަލެއްގެ ކަވަރުސެޓާ އެކީ މީހަކު ހައްޔަރަށް

އައްޑޫ ހިތަދޫގައި ސައިކަލެއްގެ ކަވަރުސެޓެއް ވަގަށް ނެގި މީހަކު އެއާ އެކީ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކުރީ ވަގަށް ނެގި ކަމަށް ބެލެވޭ އެއްޗެއް ހިފައިގެންދާ ކަމަށް ޝައްކުކުރެވިގެން ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.

ހިތަދޫގައި ވަރަށް ބޮޑަށް ވައްކަންކުރުން އިތުރުވެފައިވާ އިރު މިދިޔަ މަހުގެ ފަހުކޮޅު ވެސް އެ އަވަށުން ވަގަށް ނެގި ސައިކަލެއް ފަޅު ގެއެއްގެ ތެރޭގައި ރޫޅާލާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވަގުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ހެދި އައްޑޫގެ އާންމުން މިހާރު ބިރުވެރިކަމެއްގެ ތެރޭގައި ތިބި އިރު، އެފަދަ 160 އެއްހާ ކުށްވެރިން މި ތިބީ މުޖުތަމައަށް ދޫވެފަ އެވެ. އަދި މިކަމާ ހެދި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުން އިއްޔެ ބުނީ އައްޑޫން ކުށް މަދުކުރެވޭނެ ކަމަށާއި އެކަމަށް އާންމުންގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ.