Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ބަންދުކޮށްފައި ހުރި ބިދޭސީއަކު ފިލައިފި

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު އެތަނުގެ ސީލިން ފަޅާލައިގެން ފިލައިފި އެވެ.

ފުލުހުން ބުނީ އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލި މައްސަލައެއް ރިޕޯޓްކުރީ ރޭ ފަތިހު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި އެއާޕޯޓުގެ ސީލިންގް ފަޅާލައިގެން ފިލީ ބަންގްލަދޭޝް މީހެކެވެ. އޭނަ ބުދަ ދުވަހު ރާއްޖެ އައުމުން ހިފަހެއްޓީ ރާއްޖޭން ޑީޕޯޓްކޮށްލާފައިވާ މީހަކަށް ވާތީ އެވެ. ނަމަވެސް ޑިޕޯޓްކުރި ސަބަބެއް ސާފެއް ނުވެ އެވެ.