ޗެކުން ކުރެވޭ މުއާމަލާތްތައް އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ލިމިޓްކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
މަރުކަޒީ ބޭންކުން ބުނީ ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރުކުރުމަށްޓަކައި، ބޭންކްތަކާ ގުޅިގެން ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާ ބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލައި އެއަށް އަމަލުކުރުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މި އެކްޝަމް ޕްލޭން އެމްއެމް އޭ އިން އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ 7 ގަ އެވެ.
އެގޮތުން އެކްޝަން ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރެވޭ އެއް ކަމަކީ ޗެކު ބޭނުންކޮށްގެން ކުރެވޭ މުއާލަމާތްތައް މަދުކުރުމަށްޓަކައި ޗެކުން ރުފިޔާ އިން ކުރެވޭ އެންމެ މަތީ މިންވަރަށް ކުރެވޭ މުއާމަލާތް މަތީ 50،000ރ. އަށް އަދި ޑޮލަރުން ނަމަ 3،000ރ. ކަމަށް ކަނޑައަޅައި އެކަން ތަންފީޒުކުރަން ފެށުމެވެ.
ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާ އެކީ ފައިސާގެ މުއާމަލާތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، މިކަމާ ގުޅިގެން ގެނެވޭ އެންމެހާ ބަދަލުތަކާ ގުޅޭ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެ ކުރިން ކަސްޓަމަރުންނަށް ދީފައި ވަނީ ބޭންކްތަކާ ވެސް ގުޅިގެންނެވެ
އެގޮތުން މިހާރު ނިންމާފައި އޮތީ ޗެކުން ކުރެވޭ މުއާމަލާތް ލިމިޓްކުރުމުގެ އުސޫލަށް އަންނަ އަހަރުގެ އެޕްރީލް 1 އިން ފެށިގެން އަމަލުކުރަން ފެށުމެވެ.