Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަންނަ މަހު

ރާއްޖޭގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ޝެފުން އެންމެ ބޮޑަށް ފެނިގެންދާ ހޮޓެލް އޭޝިއާ އެގްބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް މެދުކެނޑުމަކަށް ފަހު މި އަހަރު ބާއްވަން ތައްޔާރީތައް ވާން ފަށައިފި އެވެ.

ކޮވިޑާ ހެދި ފާއިތުވި ދެ އަހަރު މި އެގްޒިބިޝަން ބާއްވައިފައެއް ނުވެ އެވެ. މި އަހަރުގެ އެގްޒިބިޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 10-12 އަށް ދަރުބާރުގޭގަ އެވެ. ހޮޓެލް އޭޝިއާ މި އަހަރު ވެސް އިންތިޒާމުކުރަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އާއި ސްރީ ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (ލެކްސް) ގެ އިތުރުން ބެސްޓްބައި މޯލްޑިވްސްން ގުޅިގެންނެވެ.

ހޮޓެލް އޭޝިއާ އެގްބިޝަން ބާއްވާތާ މި އަހަރަށް 16 އަހަރުވެފައިވާ އިރު، އެންމެ ފަހުން މި އެގްޒިބިޝަން ބޭއްވީ 2019 ގަ އެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުންގެ ހުނަރު ދައްކައިލުމުގެ އިތުރަށް ހޮސްޕިޓާލިޓީ ދާއިރާގެ ގިނަ އުފެއްދުންތަކެއް ވެސް ފެނިގެންދާ ގޮތަށް ބާއްވާ ހަރަކާތެކެވެ.

މި އަހަރުގެ އެގްޒިބިޝަންގައި 175 އަށް ވުރެ ގިނަ ސްޓޯލް ހުންނާނެ އެވެ. އަދި ކަލިނަރީ ޗެލެންޖްގައި 20 ކެޓަގަރީއަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 ޝެފުން ވާދަކުރާނެ އެވެ.