Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ވައި ގަދަވާނެތީ ބޮޑު ބަޔަކަށް ވައިޓް އެލާޓް

ވައި ގަދަވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތިޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 01:00 އިން ފެށިގެން އިރުއޮށްސި 06:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ. މެޓް އޮފީހުން ބުނެފައިވަނީ ވައި ގަދަވާ ވަގުތު ތަކުގައި ކަނޑުތައްވެސް ގަދަވުން އެކަށީގެންވާ ކަމަށެވެ.

މިދުވަސްވަރު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާއިރު މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެމުންނެވެ.