Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ވިއްސާރައިގެ ގެއްލުމަށް 1.3 މިލިއަން ރުފިޔާގެ އެހީ

މިދިޔަ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކަށް ފައިސާގެ ގޮތުގައި 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ޖުލައިގެ ވިއްސާރައާ ގުޅޭ ގޮތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ގެއްލުންވެގެން 10 ރަށަކުން ރިޕޯޓްކޮށްފައިވާ އިރު، އޭގެ ތެރެއިން ނުވަ ރަށަކަށް މިހާތަނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އެގޮތުން ޖުމްލަ 1،256،287.60ރ. އެހީ ދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިފައިގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ދިން 294،562.60ރ. އާއި އިމާރާތްތަކަށް ލިބުނު ގެއްލުމަށް ދިން 961،725ރ. އެވެ. ވިއްސާރައިގައި ގޭބިސީތަކާއި ދަނޑުބިންތަކަށް ވެސް ގެއްލުންވެގެން ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން ދަނޑުވެރިކަން ކުރާ އަށް ދަނޑަކަށް ގެއްލުންވެގެން ރިޕޯޓްކުރި އެވެ.

އެހީތެރިކަން ފޯރުކޮށް ރަށްތަކިގެ ތެރޭގައި ހިމެނެނީ އައްޑޫ މަރަދު އާއި މަރަދޫފޭދު އާއި ށ. ބިލެތްފެއްސާއި ގދ. ރަތަފަންދު އާއި ތ. ތިމަރަފުއްޓާއި ގދ. މަޑަވެއްޔާއި ހދ. ވައިކަރަދު އާއި ގދ. ފިޔޯރީގެ އިތުރުން ގދ. ހޯޑެއްދު އެވެ. މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްވެގެން އެންމެ ބޮޑު އެހީއެއް ދިނީ ތިމަރަފުއްޓަށެވެ.

ޖުލައި މަހުގެ ތެރޭގައި މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ އިތުރަށް ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ ވެސް އެރި އެވެ.