ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 3 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅިގެން ދާނެއެވެ.
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 27.8 މިލިއަން ރުފިޔާގެ މަޝްރޫއަކެވެ.