Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ތުރާކުނު ފެރީ ހަޓް ނިންމާލައިފި

ހއ. ތުރާކުނު ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ.

އެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިއީ އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން ޒޯން 1 ގައި ޤާއިމުކުރެވޭ ފެރީ ސްޓޮޕެއް ކަމަށެވެ.

ހއ. ތުރާކުނު ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި، ކިއޮސްކަކާއި، ޔުނިވަރސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ޤާއިމުކުރުން ހިމެނެއެވެ.

އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން އެކި ރަށްރަށުގައި ފެރީ ހަޓްތައް ގާއިމު ކޮށްފައިވެއެވެ.