Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ހިތަދޫން ވަގަށް ނެގި ކަރަންޓް ސާމާނުތަކެއް ހޯދައިފި

އައްޑޫ ހިތަދޫން ވަގަށް ނެގި ކަރަންޓް ސާމާނުތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ރިޕޯޓްކުރި ވައްކަމުގެ މައްސަލައަކާ ގުޅިގެން ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި، ވަގަށް ނަގާފައިވާގިނަ އަދަދެއްގެ މޯބައިލް ފޯންތަކަކާއި އިތުރު ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަންކާ އާއި ސްޕީކަރާއި ލެޕްޓޮޕަަކާއި ޓެބްލެޓްތަކެއް ވެސް ހިމެނެ އެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ވެސް ހިތަދޫގެ ބައެއް ގެތަކުން ވަގަށް ނެގި އެކި ތަކެތި ފުލުހުން ހޯދާފައިވެ އެވެ.

ހިތަދޫގައި މިހާރު ވަރަށް ބޮޑަށް ވައްކަންކުރުން އިތުރުވެފައިވާ އިރު، އާންމުން ދަނީ މިކަމާ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.