Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

އާ ގަވައިދާ ގުޅިގެން މަސްވެރިންގެ ކަންބޮޑުވުން އެބަހުރި: ސައުދު

މެމްބަރު ސައުދު ހުސައިން--

މަސްވެރިކަމާ ބެހޭ އާ ގަވައިދާ ގުޅިގެން މަސްވެރިންގެ ކަންބޮޑުވުން އެބަހުރި ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިކަމާ ބެހޭ އާ ގަވައިދު އާންމު ކުރުމުން، މަސްވެރިންނާއި ކެޔޮޅުން އަދި އޮޑިވެރިންގެ ކަންބޮޑުވުންތައް ލިބެމުން ދާ ކަމަށެވެ.

މި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ސަރުކާރާ ގުޅުގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި މަސްވެރިކަމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް ހާއްސަ އަހައްމިޔަތެއް ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ޒަމާނީ މަސްދޯނިފަހަރުގައި މަސްވެރިކަން ކުރުމުގައި ބިދޭސީން އިތުރުވަމުން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް." ސައުދުގެ ޓްވީޓްގައިވެއެވެ.

ސައުދު ވިދާޅުވީ ދޯނިފަހަރުގައި މަސްވެރިކަން ކުރުމަށް ދިވެހިން ނުލިބި، ދޯނިފަހަރު މަހަށް ނުފުރި ދާދިއުމަކީ އެންމެން އެކަމަށް ފުންކޮށް ވިސްނާ އަވަސް ހައްލު ހޯދަންޖެހޭ ގައުމީ މައްސަލައެއް ކަމަށެވެ.