Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

މޫސުން ގޯސް، މުޅި ރާއްޖެއަށް ވައިޓް އެލާޓް

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 02:00 އިން މިރޭ 08:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ އެލާޓްތައް އަންނަނީ ނެރެމުންނެވެ.