Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

އެމްޓީސީސީން ހަނިމާދޫގައި ގިނަ މަސައްކަތްތަކެއް

އެމްޓީސީސީން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހދ. ހަނިމާދޫގައި ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކޮށްފިއެވެ.

އެގޮތުން އެމްޓީސީސީން ބުނެފައިވަނީ ހދ. ހަނިމާދޫ ޑްރައިވިންގ ލައިސެންސް ޓްރެކް ސާފުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކޮންކްރީޓް މަސައްކަތްތައް ފަށަން ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

ހަނިމާދޫ ސްކޫލް ޕްލޭ ގްރައުންޑް ސާފު ކުރުމާއި، ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. އަދި ހދ. ހަނިމާދޫ "ބެލެނިވެރިންގެ ހިޔާ" ގެ ރޫފިންގް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އަދި މޭޒާއި ބެންޗު ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މީގެއިތުރުން ހަނިމާދޫ ވޭސްޓް މެނޭޖްމަންޓް ސަަރަޙައްދު ސާފުކޮށް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން އަންނަނީ އެ ކުންފުނިން އެކި މަޝްރޫއުތައް ހިންގަމުން އަންނަ ރަށްރަށުގައި ހުންނަ މިފަދަ މަސައްކަތްތައް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދެމުންނެވެ.