Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މޫސުން ގޯސް، ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ފޮޓޯ: އައްޑޫލައިވް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ 11:15 އިން ފެށިގެން މެންދުރު 2:00 އާ ހަމައަށެވެ.

މިވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. މިވަގުތުގައި ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވެފައި އެކި ސަރަހައްދުތަކަށް އަންނަނީ އެލާޓްތައް ނެރެމުންނެވެ.