Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

2033 ގައި ވެރިކަން ކުރާނީ އަދާލަތުން: އިމްރާން

އިމްރާން އަބްދުﷲ - ފޮޓޯ: އަދާލަތު ޕާޓީ

ރާއްޖޭގެ ވެރިކަން 2033 ގައި ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވައެވެ.

ޓްވީޓްގައި އިމްރާން ވިދާޅުވީ، 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.

ރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ، ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ސްޓްރެޓެޖިކް ޕްލޭނެއް ފާސްކޮށްފައެވެ. މި ޕްލޭނުގައި ހިމެނޭ ދާއިރާތަކަކީ އެތެރޭގެ ހިންގުން، ގޮފި އަދި ދާއިރާތައް، ޕަބްލިކް ރިލޭޝަންސް، ޕާޓީގެ ސިޔާސަތު، އިންތިހާބުތައް، ޕާޓީގެ މާލިއްޔަތު، ދާހިލީ އަދި ހާރިޖީ ގުޅުންތައް އަދި ޕާޓީގެ މެމްބަޝިޕެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް އަދާލަތުގައި ތިބީ 10،155 މެމްބަރުންނެވެ.