Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ވައި ގަދަވާނެތީ މުޅި ރާއްޖެ އަށް ވައިޓް އެލާޓް

Moosun
ފޮޓޯ: އައްޑޫލައިވް

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 02:00 އިން މިރޭ 08:00 އާ ހަމައަށެވެ.

މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވެ އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި އެކަމާ ގުޅިގެން ގިނަ އެލާޓްތައްވެސް އަންނަނީ ނެރެމުންނެވެ.