މަންޓާ އެއާ އިން ހއ.ހޯރަފުށީ އެއާޕޯޓަށް ޗާޓަރު ދަތުރުތައް ފަށައިފި އެވެ.
މަންޓާ އެއާ އިން ހޯރަފުށީ އެއާޕޯޓަށް ޗާޓަރު ދަތުރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓްސްއާ ގުޅިގެންނެވެ.
މަންޓާ އެއާ އިން ބުނީ ކޮންމެ ދުވަހަކުވެސް އެ އެއާލައިންގެ ދަތުރުތައް ހޯރަފުށީ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ކުރާނެ ކަމަށެވެ މި ދަތުރުތަކުގައި މަންޓާ އިން ބޭނުންކުރާނީ އެންމެ ފަހުން އެ ކުންފުނިން ގެނައި ބީޗް ކްރާފްޓްގެ ބޯޓެކެވެ. އެއީ 18 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ރާއްޖޭގައި އެންމެ ފަހުން ވައިގެ ދަތުރުފަތުރުގެ ހިދުމަތަށް ނުކުތް މަންޓާ އިން ހޯރަފުއްޓަށް ޝެޑިއުލް ދަތުރުތައް ފެށީ އިރު، އެ އެއާލައިނުން އަންނަނީ އައްޑު އާއި ދާލު އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށް ޝެޑިއުލްތައް ދަތުރުތައް ބާއްވަމުންނެވެ.