Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އިނގިރޭސި އާ ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާ

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް އިއްޔެ އިންތިހާބުވެވަޑައިގަތް ލިޒް ޓްރަސް އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަަބާ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި އިނގިރޭސިވިލާތަަކީ ޑިމޮކްރަސީ އާއި ކްލައިމެޓް ޗޭންޖާއި އިންސާނީ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ދެ ގައުމަށްވާތީ ލިޒްގެ ދައުރުގައި އެކީގައި މަސަައްކަތް ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން ލިޒް އާ ބޮޑުވަޒީރަކަށް އިންތިހާބުވަޑައިގަތީ ކުރީގެ ޗާންސެލަރު ރިޝީ ސުނަކްއާ ވާދަކުރައްވަ އެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވަނީ މިއަދެވެ.