ކުޑަކުދިންގެ ޕްރައިވެސީ އަށް އަރައިގެންފައިވާ ކަމަށް ބުނެ އިންސްޓަގްރާމް 403 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
އެ ޖޫރިމަނާ އަޔަލޭންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (ޑީޕީސީ) އިން އައިސްފައި ވަނި އިންސްޓަގްރާމް ބޭނުންކުރާ ކުދިންގެ ޕްރައިވެސީ ގެއްލޭ ގޮތަށް އެ ޕްލެޓްފޯމުން އަމަލުކޮށްފައިވާ ކަމަށް ބުނެ ފެންމަތިވި މައްސަލަތަކާ ގުޅިގެން އެކަންކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް ވެސް އަޅާފައި ވަނިކޮށެވެ.
ޑީޕީސީން ބުނީ ބުނީ އިންސްޓަގްރާމުން ވަނީ އެ ބޭނުންކުރާ ކުޑަކުދިންގެ ޒާތީ ވަރަށް ގިނަ މައުލޫމާތުގެ ރައްކާތެރިކަން ވެސް ގެއްލުވާލައި ކުދިން ނުރައްކަލަށް ހުށަހަޅާފައި ކަމަށެވެ. އެގޮތުން ކުދިންގެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ވެސް ރައްކާތެރިކޮށް ދެވިފައި ނުވާތީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން 405 ޔޫރޯ (403 މިލިއަން ޑޮލަރު) އިން ޖޫރިމަނާކުރަން ނިންމީ ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން މެޓަގެ ދަށުން ހިންގާ އިންސްޓަގްރާމުން ޖޫރިމަނާ އިސްތިއުނާފުކުރަން ހުށަހަޅާނެ ކަމަށެވެ.

އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކު ތެރޭގައި ހިމެނޭ އިންސްޓަގްރާމަކީ 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެއްޗަކަށް ވިޔަސް އުމުރު އޮޅުވާލައިގެން ކުޑަކުދިން އެ ބޭނުންކުރާ މައްސަލަ ކުރިން ވަރަށް ބޮޑެވެ. އަދި އެކަމާ ހެދި މިހާތަނަށް އެތައް ފިޔަވަޅެއް އިންސްޓަގްރާމުން އަޅާފައިވެ އެވެ.
ދެހާސް ވިހީގެ ތެރޭގައި އިންސްޓަގްރާމުން 13 އަހަރުން ދަށަށް ހާއްސަ އިންސްޓަ އެޕެއް ހަދަން ނިންމިކަން ވެސް އިއުލާންކުރި އެވެ. އެކަމަކު އެކަމަކު އެކި ފަރާތްތަކުން ކުރިމަތިވި ޕްރެޝަރުތަކާ ހެދި އެކަން އޮތީ ހުއްޓާލައިފަ އެވެ.