Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މަނަދޫ ޖެޓީގެ މަސައްކަތް ކުރިއަށް

ނ. މަނަދޫ ޖެޓީ ހެދުމުގެ މަސައްކަތް ކުރިއަށް ދަމުން އަންނަ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ނ. މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ 46 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަނަދޫ ޖެޓީ ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 29038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މަނަދޫ ޖެޓީ ހެދުމުގެ މަސައްކަތަކީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.